ތެލެސީމިއާ ސެންޓަރުގެ ބައެއް އިސް ފަރާތްތައް މަގާމުން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ވަނީ ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓާ އަހްސަން ހުސައިން އާއި، ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓާ ފައިސަލް އިބްރާހީމް މަގާމުން ވަކިކޮށްފަވެ.
ތެލެސީމިއާ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭތީ ތެލެސީމިއާ ބަލީގެ މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން އެ ސެންޓަރުންގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކޮށްފައިވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދިއްތަ ދުވަހު އެ ސެންޓަރުގެ ހާލަތު ބައްލަވާލައްވަން ވަޑައިގެންފަ އެވެ.
އެއަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ އަދި ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކެއް ވަގުތުން ހޯދުމަށްޓަކައި ބައްދަލުވުމެއް ބާއްވައި ކަންކަން ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”މި ގޮތަށް މިކަންކަން އޮތްކަން އަދި މި ހާހިސާބަށް އައި އިރުވެސް ކުރިއެރުމެއް ނާންނަކަން އަޅުގަނޑަށް ނޭންގި އޮތީ، ދެން ގައިމުވެސް ސަރުކާރުގެ އެކިއެކި ފަރާތްތަކާ ތެލަސީމިއާ ކަންތައްތަކުގައި އުޅޭ ފަރާތްތަކުން ބައްދަލުކުރައްވާފައިވޭ. މީގެ ކުރިން މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ދެތިން ފަހަރުމަތިން ހަމަ އެކިއެކި ބޭފުޅުންނާ ބައްދަލުކޮށް ހަމަ މައުލޫމާތު ހިއްސާކޮށްފައިވާކަން އަޅުގަނޑަށް އެނގޭ، މިއަދު ބަލައިލީ އިރު ލިޔެކިޔުންތަކެއް އެކަން ސާފުވޭ، ނަމަވެސް އަމަލީ ސިފަ ނުގެނެވި މިއޮތީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ތެލެސީމިއާ ކުދިންނަށް ދިމާވާ ކަންކަން ހައްލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ފައިސާ ހަމަނުޖެހިގެން ކަމެއް ހައްލުނުވެ އޮވެގެން ނުވާނެކަން އެ މަނިކުފާނު ޔަގީންކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

5 Comments
ގުޅުންހުރި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން
ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް:
ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި
ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި
ޕީއެންސީން ވަގު ފޯމު ހުށަހެޅި ކަމުގެ ހެއްކެތް ނެތް: ފުލުހުން