ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް ފަލަސްތީނުގެ އެންމެ ބޮޑު އެއް މިސްކިތް އަދި ފަލަސްތީންގެ ޣައްޒާގެ އެންމެ ތާރީހީ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޣައްޒާގެ ރައްޔިތުން އިއްޔެ ވަނީ ސައްޔިދު އަލް ހާޝިމް މިސްކިތުގައި ޖަމާއަތުގައި ހުކުރު ނަމާދުކޮށްފަ އެވެ. މިއީ އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށި ފަހުން އެ މިސްކިތުގައި ޖަމާއަތުގައި ހުކުރު ނަމާދުކުރި ފުރަތަމަ ފަހަރެވެ.
ޖަމާއަތުގައި ބައިވެރިވި އެކަކު އަލް ޖަޒީރާއަށް ބުނި އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރުކުރާ ކަމަށެވެ. އަދި ކުރެވެނީ އެހެން ކަހަލަ އުފާވެރި އިހުސާސެއް ކަމަށްވެސް އޭނާ ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި އިއްޔެ އަކީ ސައްޔިދު އަލް ހާޝިމް މިސްކިތުގެ ޖަމާއަތެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި ދުވަހެވެ.
ކީރިތި ރަސޫލާގެ މުނިކާފާފުޅު ހާޝިމް އިބްނު އަބްދުލް އަލް މަނާފް ފަސްދާނުލާފައިވަނީ މި މިސްކިތުގެ ގުއްބު އަޑީގައެވެ. އެކަލޭގެފާނު އަވަހާރަވީ ވިޔަފާރި ދަތުރެއްގައި ޣައްޒާއަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށް ތާރީހު ފޮތްތަކުން އެނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން, 12 ވަނަ ގަރުނުގައި މިހާރު މިސްކިތް ހުރި ސަރަހައްދުގައި މިސްކިތަކާއި ހޮސްޓެލްއެއް ހުއްޓެވެ. އަދި 19 ވަނަ ގަރުނާއި 20 ވަނަ ގަރުނު ތެރޭގައި އެ ތަނުގައި އިސްލާމީ އިލްމު ކިޔަވައިދޭ މަދަރުސާއެއްވެސް ހުރި ކަމަށްވެ އެވެ. މިހާރު ހުރި މިސްކިތަކީ 1850 ވަނަ އަހަރުގައި ބިނާކުރި މިސްކިތެކެވެ.
އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެއްބަސްވީ މީގެ ފަސް ދުވަސް ކުރިންނެވެ.



13 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15