Marco rubio

އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމުގެ ވިސްނުމެއް މިވަގުތު ނެތް : މާކޯ ރޫބިއޯ

ގ
11 ނޮވެމްބަރު 2026 12:591 މިނިޓުގެ ކިޔުން
Aa

އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ހަމަލާތަކެއް ދޭންޖެހޭ އެއްވެސް މަޖުބޫރުކަމެއް މިވަގުތު ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ރޫބިއޯ މިހެން ވިދާޅުވެފައިމިވަނީއެމެރިކާގެ އަސްކަރިއްޔާއިން އެންމެ ޒަމާނީ އަދި ނުރައްކާތެރި ހަތިޔާރާއެކު ފުރިހަމަ ތައްޔާރީ ހާލަތެއްގައި މެދުއިރުމީތީގައި ހަރަކާތްރިވަމުންދަނިކޮށެވެ.

އަށް މަސްދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައަށް ހައްލެއް ހޯދުމުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ރޫބިއޯ ވިދާޅުވީ، އެމެރިކާއިން އީރާނުގެ އިގްތިސާދަށް ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން، އިތުރު އަސްކަރީ ހަމަލާތަކަކަށް ދާންނުޖެހޭ ކަމަށެވެ.

ޕެރިހުގައި ބޭއްވުނު ޖީ-7 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ރޫބިއޯ ވިދާޅުވީ، އީރާނާ ދެކޮޅަށް ހިންގާ އިގްތިސާދީ ކެމްޕޭނުގެ ނަތީޖާ ވަރަށް ވަރުގަދަ ކަމަށާއި، އެހެންކަމުން މިވަގުތު ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަން ނުޖެހޭ ކަމަށެވެ. އަދި އެމެރިކާގެ އެކުވެރި ގައުމުތަކަށް އެ ވާހަކަ ދަންނަވާފައިވާނެކަމަށްވެސް ރޯބިއޯ ވިދާޅުވިއެވެ.

ޚަލީޖުގެ ގައުމުތަކުން ހަކަތަ ބޭރުކުރުމަށް ބޭނުންކުރާ މައި މަގު ކަމުގައިވާ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއީ މިދިޔަ ހަފުތާގައި ބޭއްވުނު އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި، ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ މައިގަނޑު އެއް ސަބަބު ކަމުގައި ބެލެވެއެވެ.

މީގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައި، އެ ގައުމުގެ އިޤްތިޞާދު އިނދަޖައްސާލުމަށްޓަކައި "އިޤްތިޞާދީ ގޮތުން ނޭވާ ހާސްކޮށްލުމުގެ" ކެމްޕޭނެއް އޮގަސްޓް މަހު އިޢުލާނުކޮށްފައެވެ. މިއީ އަހަރުތަކެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އީރާނުގެ މާލީ ހާލަތު އިތުރަށް ގޯސްކުރުމަށްއެމެރިކާއިން ފެށި މަސައްކަތެކެވެ.

Read in English
No current plans for military strike on Iran: Marco Rubio
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.