Mauricio Pochettino

ވީހާވެސް އަވަހަކަށް ޕޮޗެޓީނޯ ގެންނަން ބޭނުން: ޔުނައިޓެޑް

ގ
12 ނޮވެމްބަރު 2026 09:301 މިނިޓުގެ ކިޔުން
Aa

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް މަގާމުންވަކިކުރުމަށް ފަހު ވީއެންމެއަވަހަކަށް ޕޮޗެޓީނޯ ގެންނަން ބޭނުންވާކަމުގައި މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިއެވެ.

ޔުނައިޓެޑުން މިގޮތަށް ނިންމާފައިމިވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ މައިނޯރިޓީ ހިއްސާދާރެއް ކަމުގައިވާ ސާރ ޖިމް ރެޓްކްލިފް މީގެ ތިން އަހަރު ކުރިން އެ ކުލަބުގެ ހިއްސާ ގަތް ފަހުން ޔުނައިޓެޑަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ ކުލަބުގެ ކަންތައްތަކާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔުނައިޓެޑުގެ އިސްވެރިން މޮނާކޯގައި ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ މައިކަލް ކެރިކް ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ރުބެން އަމޮރިމް މަގާމުން ވަކިކުރުމަށްފަހު ޖެނުއަރީ މަހުގައެވެ. އޭގެ ކުރިން ޔުނައިޓެޑުން ވަނީ އެރިކް ޓެންހާގްވެސް މަގާމުން ވަކިކޮށްފައެވެ.

ކެރިކްގެ ބަދަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެން ހަވާލުވާނީނިމިގެންދިޔަ ވޯލްޑްކަޕްގައި އެމެރިކާގެ ގައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ އިތުރުން ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އާއި ޗެލްސީއަށް ކުރިން ކޯޗުކޮށްދިން މައުރީސިއޯ ޕޮޗެޓީނޯކަމަށްވެސް ޔުނައިޓެޑްގެ އިސްވެރިން މިހާރުވަނީ ނިންމާފައެވެ. އެހެންކަމުން ޔުނައިޓެޑުން އަންނަނީ އެއްބަސްވުމަކާއި ގުޅޭގޮތުން ޕޮޗެޓީނޯއާއި އެކު އެންމެ ފަހުގެ ވާހަކަތަށް ދައްކަމުންނެވެ. މީގެ ތެރޭގައި ޕޮޗެޓީނޯގެ ކޮންޓްރެކްޓް ބަދަލުކުރުމަށް އެމެރިކާގެ ފުޓްބޯޅަ އިދާރާއަށް ދައްކަންޖެހޭ 7 މިލިއަން ޕައުންޑުގެ އިތުރުން، އޭނާގެ ކޯޗިން ސްޓާފުންގެ ކަންކަމާ ގުޅޭގޮތުން ދައްކަންޖެހޭ ވާހަކަތަށްވެސް ހިމެނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 10 މެޗު ކުޅެފައިވާއިރު ޔުނައިޓެޑަށް ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު