ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މެންބަރެއްގެެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ސާވޭއަކުން ދައްކައިފި އެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް އެޗްއާރްސީއެމުން ކުރިއަށް ގެންދިޔަ އެ ސާވޭގައި އެކި އުމުރުފުރާގެ އަދި ދެ ޖިންސުގެ 1،000 މީހުން ބައިވެރިވި އެވެ.
އެޗްއާރްސީއެމުން އާންމުކޮށްފައިވާ އެ ސާވޭގެ ނަތީޖާ ދައްކާ ގޮތުން ސާވޭގައި ބައިވެރިވި 73 ޕަސަންޓް މީހުން ޕާޓީ ގަބޫލުކުރާ ގޮތުގައި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލެން ޖެހޭނެ އެވެ. ނަމަވެސް 16 ޕަސެންޓް މީހުން އެކަމާ ދެކޮޅެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ޕާޓީ ބަދަލުކުރާ މެންބަރުންނާމެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭތީ އާއި އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ބައެއް މެމްބަރުންތަކެއް މި ފަހުން އެހެން ޕާޓީއަކަށް ބަދަލުވެފައިވާތީ ކަމަށްވެސް އެ ސާވޭގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުންވެސް ސާވޭގައި ބައިވެރިވި މީހުންނާ ސުވާލުކޮށްފަ އެވެ.
އެކަމަށް 68 ޕަސެންޓް މީހުން ތާއީދުކުރާއިރު 27 ޕަސެންޓް ބުނާ ގޮތުން މިހާރު ތިބި މެމްބަރުންގެ އަދަދާ މެދު ހިތްހަމަޖެހެއެވެ. އަދި މިހާރަށްވުރެ މެމްބަރުންގެ އަދަދު އިތުރުކުރަން ފެންނަ ކަމަށް ހަތަރު ޕަސެންޓް މީހުން ތާއީދުކުރެ އެވެ.




ގުޅުންހުރި
ޖަނަވާރަކަށް އަނިޔާއެއް ކޮށްފިނަމަ 50,000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު
އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހަޅައިފި
ބޮޑު ދަރަންޏެއް ދައްކަން ޖެހުނަސް، ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ:
ޓޫރިޒަމްގެ ކޮންޓްރޯލު އޮތީ ބޭރު މީހުންގެ އަތްމަތީ، ޑޮލަރު ހަރުނުލަނީ އެހެންވެގެން:
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް އިސްލާހު ހުށަހަޅައިފި
އަތޮޅު ކައުންސިލުތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފި