ގައުމީ އެއާލައިން މޯލްޑިވިއަން އިން އައްޑު ސިޓީ އާއި ކޫއްޑުއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނީ މި އަހަރުގެ އޮކްޓޯބަރު 29 ގައި ކަމަށެވެ. އެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު އަދި އަންގާރަ ދުވަހު ބާއްވާނެ ކަމަށްވެސް ބުންޏެވެ.
ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ކޫއްޑޫ އިން ގަމަށް، ކޮންމެ އަންގާރަ ދުވަހުގެ މެންދުރު 11:55 ގައެވެ. އަދި ގަމުން ކޫއްޑޫ އަށް، ކޮންމެ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައެވެ.
މޯލްޑިވިއަން އިން ބުނީ، އައްޑޫ އާއި ކޫއްޑޫއާ ދެމެދު ފަށާ ދަތުރުތަކަކީ ޓޫރިޒަމަށާއި ވިޔަފާރީގެ ގުޅުން އިތުރުކޮށް ދެކުނުގެ ސަރަހައްދަށް ތަރައްގީ ގެނައުމަށް ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ފަށާ ދަތުރުތަކެއް ކަމަށެވެ.
އަދި މި ދަތުރު ތަކާއެކު ސްރީ ލަންކަން އެއާލައިންސް އިން އައްޑޫއަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށް ބުންޏެވެ.
އެ ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިން އޮފީސްތަކުން މިހާރު ބުކިން ހެއްދޭނެ އެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ