ގަލޮޅުގައި އޮންނަ ހަމައެކަނި ޕާކު، ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައިވެސް ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރަން ނިންމައި ކުރެހުންތަކެއް ދެއްކި އެވެ. އޭރުގެ ކައުންސިލުން ނިންމާފައި އޮތީ އެތަން ދެބުރިއަށް ނަގައިގެން ތަރައްގީ ކުރާށެވެ. ނަމަވެސް އެތަން ސާފުކޮށް ވަށައިގެން ޓިނު ޖެހުމަށްފަހު އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެތަނުގެ މަސައްކަތް ފެށިފައެއް ނުވެ އެވެ.
އެތަން ޓިނު ޖަހައި ބަންދުކޮށްފައި ހުރުމުން އެތަން ވެފައި އޮތީ ޑުރަގް ބޭނުންކުރާ މީހުންގެ އައްޑާއަކަށެވެ. އެހެންވެ އާދަމް އާޒިމް މޭޔަރަކަށް ވަޑައިގެން، ސިޓީ ޕާކު ވަށައިގެން ޖަހާފައި ހުރި ޓިނުތައް ނައްޓައި އެ ޕާކު ސާފުކުރި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރަން ނިންމާފައިވަނީ ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭ ހުސް ބިމަކާއި އައުޓްޑޯ ޖިމަކާއެކު ކަމަށެވެ.
އޭގެ އިތުރުން ހަފުލާތައް ބޭއްވުމަށް ހާއްސަ ސަރަހައްދަކާއި އުމުރުން ދުވަސްވީ މީހުން މަޑުކޮށްލައިގެން ތިބުމަށް އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފައި އޮންނަ ހާއްސަ ސަރަހައްދެއް ހަދަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ރޯދަމަހާ މެދު ވިސްނާލިނަމަ