ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ނޫހެއް ކަމަށްވާ ”ދިޔަވަރު“ ނޫހާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވީ ”ދިޔަވަރު“ ނޫސްއަކީ ޝާހިދު އަޑީގައި ހުންނަވައިގެން އެމްޑީޕީ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި މިއުވާން މުހައްމަދު ލައްވައި ހިންގާ ނޫހެއް ކަމަށެވެ.
ޝާހިދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ސަނީފުގެ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.
”މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެމްބަރު ސަނީފް ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެއް“ ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ޝާހިދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށް، މީހުންނާ ބެހޭގޮޮތުން ދޮގުހަދައި، އަނބުރަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި އަދި ފިނޑިކަމެއް ކަމަށެވެ.
”ދިޔަވަރު“ ނޫހަކީ މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔަމުންދާ ނޫހެވެ. އެ ނޫހަކީ އާންމުގެ މެދުގައި މަގުބޫލު ނޫހެކެވެ.
ސަރުކާރުން ވަނީ މީގެ ކުރިން ”ދިޔަވަރު“ ނޫސް ބްލޮކްވެސް ކޮށްފައެވެ. ނަމަވެސް މިނިވަންނޫސްވެރިކަމަށް ވަކާލާތުކުރާ އެކި ޖަމިއްޔާތަކާއި އާންމުނެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވުމުން، ސަރުކާރުން ވަނީ އެ ނޫސް އަންބްލޮކް ކޮށްފައެވެ.




ގުޅުންހުރި
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން