ސައޫދީ އަރަބިއާގެ އަމީރު ބަދްރު ބިން އަބްދުލް މުހްސިން ބިން އަބްދުލްއަޒީޒް އަލް ސައުދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދުގެ އަރިހަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތައުޒިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ބަދުރަކީ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށެވެ. ސައުދީގެ އަދަބިއްޔާތާއި ސަގާފަތަށް ބަދްރު ކޮށްދެއްވާފައިވާ މުހިންމު ހިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ސައދީ އަރަބިއްޔާގެ ރަސްގެފާނާއި އަދި ވަލީ އަހުދުގެ އަރިހަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓާ މުއިއްޒު ވަކިވަކިން ފޮނުއްވި އެ މެސެޖުގައި، އިތުރަށް ވިދާޅުވީ ބަދްރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ބަދުރުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، މަރުހޫމުގެ ފާފަ ފުއްސުވުމަށް އެދި ދުއާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަދްރު އަވަހާރަވީ އުމުރުފުޅުން 75 އަހަރުގައި މިދިޔަ ހޮނިހިރު ދުވަހުއެވެ.




ގުޅުންހުރި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް