ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަންތައް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ނިންމަވާފައިވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް:
- ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުން
- އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން
އެ މަނިކުފާނު ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވައި ހަރަދުތައް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތަކާއި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.




ގުޅުންހުރި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ތިއުޅެނީ ކޮންކަމަކުން ސަލާމަތް ނުވެވިގެން ހެއްޔެވެ؟
ސީޕީ ނަވީން ރިޓަޔާކުރައްވައިފި