ރިސޯޓް ހަދަން ލ. އަތޮޅުގެ ތިން ރަށް ދުބާއީ ކުންފުންޏަކަށް ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޖަގަހައިގައި ރޭ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ދުބާއީ ކުންފުނިން ޕްރޮޕޯސަލް ހުށަހެޅީ ކްލޯސް-ބިޑިންގެ ތެރެއިން މިދިޔަ މެއި މަހު ދޫކުރަން ނިންމި ރަށްތަކުގެ ތެރޭގައި ހިމެނޭ ލ. އަތޮޅުގެ ތިން ރަށަށް ކަމަށެވެ.
އަދި އެ ކުންފުނީގެ ޕްރޮޕޯސަލް އެވަލުއޭޓް ކުރުމަށްފަހު ރައީސްގެ ހުއްދައާއެކު އެ ކުންފުންޏަށް އެ ތިން ރަށް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
”އޭގެ ތެރެއިން އެއް ރަށަށް އެ ބޭފުޅުން ވަނީ މީރާއަށް ލާރި ދައްކާފައި. މި މަސް ތެރޭގައި ދެން އޮތް ދެ ރަށަށްވެސް ލާރި ދައްކައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ބޭފުޅުން އެތަނުގެ އަމަލީ މަސައްކަތް ފަށާނެ،“ ފައިސަލް ވިދާޅުވި އެވެ.
އެއީ ކޮން ތިން ރަށެއް ކަމެއް އަދި އެ ތިން ރަށް ދިން ކުންފުނީގެ ތަފުސީލެއް ފައިސަލް ނުދެއްވަ އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ތިން ރަށަކީ ލ. ކަށިދޫ އާއި އެ އަތޮޅު ބޮނޑުފުންޏަފުއްޓާއި ހަންހުށި އެވެ. އެ ތިން ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 1.3 މިލިއަން އެމެރިކާ ޑޮލަރެވެ.




ގުޅުންހުރި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި