ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް ހަދަން ނިންމައި އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން މިއަދު ގެޒެޓު ކުރި ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ކަރުދާހުގައި ބުނެފައިވާ ގޮތުން އެ އިމާރާތް ހަދާނީ މާލޭގައި ހުންނަ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ އެ ކުންފުނީގެ 15،000 އަކަފޫޓުގެ ބިމުގައި އެވެ.
އެ އިމާރާތުގެ ބޭނުމަކީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރުން ކަމަށްވެސް ބުނެފައިވެ އެވެ.
އެސްޓީއޯގެ ދައުވަތު ކަރުދާހުގައި ބުނީ، އެ އިމާރާތް ހަދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށް އަދި އިންޖިނިއަރިން، ޕްރޮކިއުމެންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) މެތަޑަށް ކަމަށެވެ.
އަދި މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ ޕްރައިމަރީ ކޮންޓްރެކްޓަރެއްގެ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ އަގުހުރި އެފަދަ މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބަލައިނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.
އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 13 ވަނަ ދުވަހަށެވެ.
ކަރުދާހުގައި ބުނެފައިވާ ގޮތުން އެ އިމާރާތުގައި ހުންނާނެ ވަސީލަތްތަކަކީ:
- އޯޕަން ކޮންސެޕްޓް އޮފީސް ސަރަހައްދު
- ކްލާސްރޫމް
- ލެކްޗާ ހޯލް/ އޮޑިޓޯރިއަމް
- ސްޓޯރޭޓް އޭރިއާ
- ވެލްނެސް ސެންޓަރު/ ޖިމް
- ކެފެޓީރިއާ/ ފުޓް ކޯޓްސް
- ޕޭންޓްރީ
- ރެކްރިއޭޝަން/ ކްލަބްހައުސް
- މަލްޓި ޕާޕަސް ހޯލް
- އީވީ ޗާޖިން ސްޓޭޝަންތަކާއެކު ކާރާއި ސައިކަލު ޕާކިން ޖާގަ

1 Comment
ގުޅުންހުރި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި