ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމާ އޮކްޓޯބަރު 2022 ގައި ހަވާލުވެވަޑައިގެންނެވި ކާސް އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވި އިރު، އިދިކޮޅު ފަރާތްތަކާ ގުޅިގެން ބީއެމްއެލް އިން މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާލް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މި މަހުގެ 21ގައި ބާއްވާ އެ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއާ ހަމައަށް މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އެ މަގާމަށް މީހަކު އައްޔަންކުރަންދެން ބީއެމްއެލްގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ސީއީއޯގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު