އިޒްރޭލް ޕާސްޕޯޓް އެއްކޮށް މަނާކޮށްފި ނަމަ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެންކަމުން އެކަން ކުރުމަށް ތާއީދު ނުކުރާ ކަމަށް ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން ބުނެފި އެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް ނަސީމް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ފަލަސްތީންގެ މުސްލިމުންވެސް ޑުވެލް ޕާސްޕޯޓްގެ ގޮތުގައި އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އިނގިރޭސި ވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއް ކަމަށާއި އެ ގައުމުގައިވެސް އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން އުޅޭ ކަމަށާއި އެހެންކަމުން އިޒްރޭލްގެ ޕާސްޕޯޓް އެއްކޮށް މަނާކުރަން ދެކޮޅު ކަމަށް ބުންޏެވެ.
އިޒްރޭލް ބޮޑުވަޒީރާއި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ނެރެފައިވާ އަމުރަށް އިޝާރާތް ކުރައްވައި އެ އެސޯސިއޭޝަނުން ތާއިދު ކުރަނީ ހަމައެކަނި އިޒްރޭލްގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން ކަމަށެވެ. އަދި އެކަމުގައި އިސްރާއީލް ސިފައިން ނުހިމަނަންވެސް ހުށަހެޅި އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ ބައިނަލްއަގްވާމީ ޓޫރިސްޓް އެޖެންސީތަކާއި އޮންލައިން ޕްލެޓްފޯމްތަކަކީ ވެސް އޭގައި ޔަހޫދީ މީހުންގެ ބޮޑު ހިއްސާއެއް އޮންނަ ތަކެތި ކަމަށްވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކުރުން ފަދަ ބޮޑު ނިންމުމެއް ނިންމައިފި ނަމަ، ރާއްޖެ ފަދަ ކުޑަ ގައުމެއްގެ އިގުތިސާދަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.




4 Comments
ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!