ބީއެމްއެލް އަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ އެކައުންޓުތަކުގެ ކާޑު ލިމިޓް 90 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ޖެހިދާނެ ވާހަކަދެކެވިފައި ވަނިކޮށް، އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ސަރުކާރުން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓުކުރަން ނުނިންމާ ކަމަށެވެ.
”ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފަ އެވެ.“ ބަޔާނުގައިވެއެވެ.
ފިނޭންސުން ބުނީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެ މިނިސްޓްރީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ބީއެމްއެލްއާ އެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާ ގޮތަށް ޚަބަރު ނުފެތުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ވިޔަފާރިވެރީންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުނަށް ބޮޑެތި ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.

ގުޅުންހުރި
ރައީސުލްޖުމްހޫރިއްޔާ، މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހަދަނީ
ޔުމްނު ”ވެއްޓުނު“ މައްސަލައިގައި އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
ދިރިއުޅޭ ގޭގެ ޖިނާއީ ކުށެއް ކުރި ނަމަވެސް އެ ހުރިހާ ކަމަކަށް
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ޔުމްނުގެ ވެއްޓުނު މައްސަލަ ތަހުގީގު ނިމެންދެން ކޮމިޝަން ދެމި އޮންނާނެ