މާލޭގެ ހުރިހާ މަގުތަކެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދައިދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ވަނީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއެއް ފަށާފައި ކަމަށެވެ. ނަމަވެސް އެ ސަރުކާރުން ވަނީ އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލާފައި ކަމަށެވެ. މާލޭގެ މޭޔަރު ކަމަށް އެމަނިކުފާނު އިންތިހާބު ވުމުން އޭރު ހިނގަމުން އައި މަޝްރޫއު ކެންސަލް ކުރީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތިކަމަށް ރައީސް ވިދާޅުވިއެވެ.
މަގުތަކުގެ މައްސަލައަކީ މާލެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެ ކަމަށާއި އެހެންވެ މަގުތައް ހެދުމުގެ މަސައްކަތް މޭޔަރުގެ މަގާމުގައި ހުންނަވައިގެން ކުރިއަށް ގެންދެވޭތޯ ބެއްލެވި ކަމަށެވެ.އެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާ ކަމަށާއި ނަމަވެސް މިހާރު ޗައިނާގެ އެހީގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެހިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”ވަރަށް އުފުލާ އެކީގައި ދަންނަވާލަން ބޭނުން ޗައިނާ ސަރުކާރުން ހިލޭ އެހީ ގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް ވަނީ ހަމަޖެހިފައި،“ ރައީސް ވިދާޅުވިއެވެ.
ޗައިނާގެ ކަމާބެހޭ ޓީމެއް މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދަނީ ފަންނީ މަސައްކަތްތައް ކަމަށް ވިދާޅުވެ އެ މަސައްކަތް ނިމުމުން އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް: