ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ސިފައިންގެ ދެ މީހަކު ބައިވެރިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މޭލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައީ ޖޫން 25 ވަނަ ދުވަހު އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، ހޮސްޕިޓަލުގައި އެ ވަގުތު ޑިއުޓީ ކުރަމުންދިޔަ ފުލުހުން ކަމަށެވެ.
”އޭނާގެ ވައަތު ލޯ މަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން އޭނާގެ ވައަތު ލޮލަށް ލޭ އަރައި، ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައި ހުރިކަން ފާހަގަކުރެވުނު. އޭގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަހަމްތަކަކާއި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި މާރާމާރީ ހިންގުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ބެލެވޭ ޒަހަމްތަކެއް ވެސް ފެންނަން ހުރި،“ ޝިފާއު ވިދާޅުވި އެވެ.
”އެ އަނިޔާތަކުގެ އިތުރުން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު.“
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.
އަލީ ސާމީ (24އ)، ރ. ކަނދޮޅުދޫ، މިހުރާ
އަހުމަދު ސާއިފް ވަހީދު (18އ)، ގދ. ގައްދޫ، ހުދުވެލި
މުހައްމަދު ނައުޝަން ހުސެއިން (21އ)، ތ. ތިމަރަފުށި، އުތުރުގެއާގެ
މުހައްމަދު ނަފާހު (23އ)، ކ. މާފުށި، ފުލްމޫން
އަހުމަދު ޒަޔާން (24އ)، ލ.ގަން/ތުނޑި، ލިންކް
ޝިފާއު ވިދާޅުވީ، އެ މީހުންގެ ތެރެއިން ސާމީ، ސާއިފް، ނައުޝަންގެ އިތުރުން ޒަޔާން ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާއިރު، ނަފާހު މައްސަލައިގެ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އަދި މި މިހުންގެ ތެރެއިން ނަފާހު އާއި ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުން ކަމަށްވާތީ އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށް، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެ އިދާރާ އިން އަޅަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިންވެސް ހިމެނޭތީ އެކަންވެސް ބަލަމުން އަންނަ ކަމަށެވެ.
2 Comments
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި