ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހަކު ހޯދަން ފުލުހުން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.
ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން އަބްދުލްހަމީދު (38އ) ހޯދުމަށެވެ.
ފުލުހުން ބުނީ، އިޒްޔާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައެއް ނުވާ ކަމަށް ބުންޏެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެ މީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ.


