ގެއްލިގެން ހޯދަމުންދާ ގ. ގާނެޓް، އުމުރުން 30 އަހަރުގެ ހަސަން ޔާމީން ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަމަށާއި، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލައިފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޔާމީން ގެއްލުނުތާ ހަތް ދުވަސް ފަހުން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ބުންންޏެވެ.
އަދި ތަހުގީގުން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާ ކަަމށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާއި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި