ސްކޫލް ބަންދުގައި އާއިލާ އާއެކު ނުވަތަ ގްރޫޕް އަކާއެކު ޢުމްރާއަށް ދިއުން މިއަދު ވަރަށް އާންމު ވެއްޖެއެވެ. ގްރޫޕް އަކާ ނުގުޅި އަމިއްލައަށް ދަތުރު ރާވައިގެން ޢުމްރާއަށްދާ ދިވެހިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ދަތުރުމަތީގައި ދިމާވެދާނެ ޞިއްޙީ ޙާލަތްތަކާއި މަލީ ގެއްލުންތަކަށް ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ.
އެލައިޑް ތަކާފުލްގެ ޙައްޖު އަދި ޢުމްރާ ތަކާފުލް އަކީ، ޙައްޖު ނުވަތަ ޢުމްރާގެ ދަތުރުމަތީގައި ދިމާވެދާނެ އެފަދަ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށް ޙާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
މި ޕްލޭންގައި ސައުދީ އަރަބިއާއަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ނުވަތަ ޢުމްރާއަށް ދަތުރުކުރާ ކޮންމެ ފަރާތަކަށާއި އެފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.
މި ކަވަރޭޖުން ކަވަރުކޮށްދޭނެ ކަންކަން:
ނިޔާވުން
ދާއިމީ ނުކުޅެދުންތެރިކަން
ކުއްލި ޞިއްޙީ ފަރުވާގެ ޙަރަދުތައް
ޗެކިންކުރި ލަގެޖް ގެއްލުން
ޗެކިންކުރި ލަގެޖް ލިބުން ލަސްވުން
ޕާސްޕޯޓް ގެއްލުން
ފައިސާއާއި އަގުބޮޑު ތަކެތި ގެއްލުން
ޕާސަނަލް ލައިބިލިޓީ
ދަތުރު ކެންސަލްވުމާއި ދަތުރުގެ މުއްދަތު ކުރުކޮށްލަންޖެހުން
ދަތުރު ލަސްވުން
ފުރަން އޮންނަ ވަގުތަށް ނުދެވުން
ހައިޖެކްކުރުން
ކަވަރޭޖުގެ އަގުތައް:
ޙައްޖު އަދި ޢުމްރާއަށް - ބޮލަކަށް 300 ދިވެހި ރުފިޔާ
ކޮވިޑް ކަވަރޭޖާއެކު ޙައްޖު އަދި ޢުމްރާއަށް - ބޮލަކަށް 550 ދިވެހި ރުފިޔާ
ބޭނުންވާ ލިޔެކިޔުންތައް
އެޕްލިކޭޝަން ފޯމް
ޕާސްޕޯޓް ކޮޕީ











ކޮމެންޓް