ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން އިތުރުވަނީ, އޮކްޓޫބަރު މަހު ރިޕޯޓްކުރި އަދަދު 60 ޕަސެންޓް އިތުރު!

މ
24 ނޮވެމްބަރު 2026 12:221 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ އޮކްޓޫބަރު މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ރިޕޯޓްކުރި މައްސަލަތަކުގެ އަދަދު 60 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޮކްޓޫބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ހުށަހެޅި އިރު, ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިންސީ ހާނިއްކައާ ގުޅޭ މައްސަލަތަކެވެ. އެފަދަ 24 މައްސަލައެއް އެ މަހު ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލަ އެވެ.

މިއީ މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 60 ޕަސެންޓް އިތުރު އަދަދެކެވެ. އެގޮތުން އެ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ރިޕޯޓް ކުރީ 15 މައްސަލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ފިރިހެން ކުދިންނާއި 12 އަންހެން ކުދިންގެ މައްސަލަ އެވެ.

ޖިންސީ އަނިޔާގެ އިތުރުވި ނަމަވެސް އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކުރި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރި މައްސަލަތައް ވަނީ މަދުވެފަ އެވެ.

އެގޮތުން ސެޕްޓެމްބަރު މަހު ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް ރިޕޯޓްކުރި އިރު, އޮކްޓޫބަރު މަހު އެ އަދަދު ވަނީ 19 އަށް މަދުވެފަ އެވެ. އެއީ 35 ޕަސެންޓުގެ ދަށްވުމެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.