ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
މިދިޔަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން މަދުވާނެ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ, މި އަހަރުގެ ބަޖެޓަށްވުރެ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ކުޑަވި ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ.
އަންނަ އަހަރު ބަޖެޓް ތައްޔާރުކޮށްފައިވަނީ ފަށާފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ކަމަށާއި އެހެންކަމުން މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ, މި ސަރުކާރު އައި އިރު ފަށައި, ހުއްޓާލާފައި ހުރި މަޝްރޫއުތައް އެގޮތުގައި ބެހެއްޓުމަށްފަހު މި ސަރުކާރުގެ އެޖެންޑާ އާއެކު ކުރިއަށް ދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅެވެން އޮތް ކަމަށެވެ.
ނަމަވެސް އެ މަޝްރޫއުތަކަކީ ސަރުކާރުގެ 'ދޮންދަރިން' ކަމުގައި ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އެއީ މަސައްކަތް ކުރަމުން އައީ އަމިއްލަ ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ކަމަށް ދެކިގެން ކަމަށް ވިދާޅުވި އެވެ.











ކޮމެންޓް