Muhthalib މުއްތަލިބް

ރަސްމާލޭގައި އުޅޭ މީހުން ހިދުމަތް ހޯދަން މާލެ އަންނާކަށް ނުޖެހޭނެ: މިނިސްޓަރު މުއްތަލިބް

މ
24 ނޮވެމްބަރު 2026 14:431 މިނިޓުގެ ކިޔުން
Aa

ރަސްމާލެ ތަރައްގީކުރަނީ އެތަނުގައި ދިރިއުޅޭ މީހުން ހިދުމަތް ހޯދަން މާލެ އަންނަން ނުޖެހޭނެ ގޮތަށް ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ ރަސްމާލޭއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭއިރު, މި ސަރުކާރުން އެތަނުން ދޭން ވައުދުވި ގޯތި ދޫކުރަން ޖާގަ އޮންނާނެތޯ އެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ, 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފަށައި, މީހުން އެތަނުގައި ދިރިއުޅެ, 2018 ވަނަ އަހަރު ބްރިޖު އެޅެންދެން އެ ތަނަކީ ނިދަން އަރާ ހާއްޔެއް ކަމަށެވެ.

އަދި ހުޅުމާލޭގައި ވަޒީފާގެ ފުރުސަތާއި އާމްދަނީ ހޯދުމުގެ މާގިނަ ފުރުސަތުތަކެއް ނެތުމުން ހުޅުމާލެއިން މިއަދުވެސް 60,000 މީހުން ސިނަމާލެ ބްރިޖު ހުރަސްކޮށް މާލެއަށް ވަޒީފާއަށް އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުޅެނީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަން. އެތަނަކުން ވަޒީފާ ލިބި, އެތަނަކުން އާމްދަނީ ހޯދޭނެ ގޮތެއް ލިބި, މި ފުރަ މާލެއަށް ހިދުމަތް ހޯދަން އަންނަންނުޖެހޭ ގޮތަކަށް ތަނެއް ތަރައްގީކުރަން," މުއްތަލިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގޯތި ދޭން ހަދާފައި އޮތް ގޮތުން, އެ ބިންތައް 40 އަހަރު ތެރޭގައިވެސް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އެހެންވެ މުއްތަލިބް ވަނީ ރަސްމާލޭގައި އުފެދިގެންދާ އިގުތިސާދަށް ހުރަސް އެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ތަނަވަސްކަމަށް ސީދާ ހުރަސް އެޅުން ކަމަށް ވިދާޅުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.