villimale

ކައިވެނީގެ ބޭރުން ވިހެއި މައްސަލައެއް, އެއް ކުއްޖަކު ވިހެއި ފާހާނާ ތެރެއަށް, އަނެއް ކުއްޖާ ވިހެއިރު ނިޔާވެފައި

މ
25 ނޮވެމްބަރު 2026 21:461 މިނިޓުގެ ކިޔުން 384
Aa

ކައިވެނީގެ ބޭރުން ދިވެހި އަންހެނަކު ވިހެއި މައްސަލައެއް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, މިދިޔަ ހޯމަ ދުވަހުގެ ރޭ 9:07 އެހައިކަންހާއިރު ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި ކައިވެނީގެ ބޭރުން ވިހާފައިވަނީ 37 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ އަމިއްލަ ހޮސްޕިޓަލަށް ގުޅައި, އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށާޢި އެ ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް, މަންމައާ އަލަށް އުފަންވި ތުއްތު ފިރިހެން ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ, ހޮސްޕިޓަލަށް ދެމައިން ގެންގޮސް ބެލިބެލުމުން, އަންހެން މީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގުމުން, އެ ކުއްޖާ ވިއްސި ކަމަށެވެ. ނަމަވެސް ވިހެއިއިރުވެސް އެ ތުއްތު ފިރިހެން ކުއްޖާ ނިޔާވެފައިވާ ކަމަށް ބުންޏެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނި ގޮތުގައި, އެ އަންހެން މީހާ ވިހެއި ފުރަތަމަ ކުއްޖާގެ ހާލު ރަނގަޅެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.