383443205

ވ. ތިނަދޫ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނި ކޮށްދިން މައްސަލައެއް!

މ
26 ނޮވެމްބަރު 2026 14:531 މިނިޓުގެ ކިޔުން
Aa

ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއްޖިންސުން ކައިވެނި ކޮށްދިން މައްސަލައެއް ހޫނުވެ, އެ މައްސަލަ ބަލައިދޭން އެ ރަށު ކައުންސިލުން ސަރުކާރުގެ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފި އެވެ.

ތިނަދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, މިދިޔަ ހޯމަ ދުވަހު އެ ރަށުގައި ހިންގާ އިކޯބޫ މޯލްޑިވްސް ގެސްޓްހައުސް އިން ބޭއްވި ހަފުލާއެއްގައި ދެ އަންހެނެއްގެ ކައިވެނި ކޮށްދީފައިވާ ކަމަށާއި އެއީ އެ ކައުންސިލުގެ ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން އެއްޖިންސުން ކައިވެނިކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ވެސް ހުއްދަ ކަމަކަށް ނުވާއިރު, އެފަދަ ކަމެއް ތިނަދޫގައި ކުރިއަށް ގެންދިއުމަކީ އެ ރަށާމެދު ނުރަނގަޅު ތަސައްވުރެއް އުފެދި ރަށުގެ އާންމު ރައްޔިތުންނަށް އަދި ރަށުގައި ހިންގާ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އެކަމުން ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ތިނަދޫ ކައުންސިލުން ބުނީ, އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި އެއްޖިންސުން ކައިވެނިކޮށްދީފައިވާ މައްސަލައިގައި އެ ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރަށު ފަތުރުވެރިކަމަކީ ތިނަދޫގެ އިގުތިސާދާއި ރަށުގެ މުސްތަގުބަލާ ގުޅިފައިވާ ނުހަނު މުހިންމު ސިނާއަތަކަށްވާއިރު, ގާނޫނުތަކާއި އިސްލާމްދީނާއި ހިލާފު ހަރަކާތްތައް ނުހިންގުމަށް ކައުންސިލުގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.