845174809_1427757525422615_4587975303112190909_n

އާރުޑީސީން ހިންގަމުން އައި ހުރިހާ މަޝްރޫއުއަކާ އެމްޓީސީސީން ހަވާލުވެއްޖެ

މ
26 ނޮވެމްބަރު 2026 20:281 މިނިޓުގެ ކިޔުން
Aa

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގަމުން އައި ހުރިހާ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 7 ސެޕްޓެމްބަރު 2026 ގައެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެމްޓީސީސީގެ ދަށަށް އާރުޑީސީ ގެނައުމަށް ސަރުކާރުން ނިންމާފައިވާތީ، މިހާރު އާރުޑީސީގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެމްޓީސީސީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ބަދަލާއެކު، ކުރިން އާރުޑީސީން ހިންގި ހުރިހާ މަޝްރޫއެއްގެ ޒިންމާ ދެން އުފުލާނީ އެމްޓީސީސީން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމި ސަބަބެއް ކަމަށް ރައީސް އޭރު ވިދާޅުވީ، ދެ ކުންފުނިންވެސް އެއް މަސައްކަތެއް ކުރާތީ އާއި އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.