VARA EXPO 2026

"ވަރަ އެކްސްޕޯ 2026" ފަށައިފި

ގ
26 ނޮވެމްބަރު 2026 20:561 މިނިޓުގެ ކިޔުން
Aa

ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ފަށައިފިއެވެ.

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، އެޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި ބާއްވާ "ވަރަ އެކްސްޕޯ 2026" ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ވަރަ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއާއި ކެބިނެޓުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވާއިރު ބޭރުގައުމުތަކުން ރާއްޖެއަށް ކަޑައަޅުއްވާފައި ތިއްބަޔާ ބައެއް ސަފީރުންނާއި އެމްބެސެޑަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ ސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ. މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މަޢުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.