452493_3_26eb64d12439d9f83efefe2e7398165990d593b4

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިއަށް

މ
27 ނޮވެމްބަރު 2026 16:281 މިނިޓުގެ ކިޔުން
Aa

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އެެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ އެވެ. 

މިއަދު މެންދުރު 02:30 އިން ރޭގަނޑު 08:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައެވެ.

މިއަދުގެ ވޯޓުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ރަށްރަށުގެ ދާއިރާ ނައިބު ރައީސުންނާއި އަންހެން ސެކްރެޓަރީންނާއި ޒުވާނުންގެ ސެކްރެޓަރީންގެ މަގާމު ހިމެނޭހެން 1،102 މަގާމަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

އެ މަގާމުތަކަށް މުޅި ޖުމުލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑިއަށް 774 މީހުން ވާދަކުރެ އެވެ.

ފޮޓޯ: މިހާރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.