ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރުމަށާއި ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރުމަށް ސައުދީ އަރަބިއްޔާގެ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ފަންޑުން، ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓާ ޑރ. މުހައްމަދު ޝަފީގެވެ. އަދި ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަހްމާން އަލް މަރްޝަދެވެ.
އެ އެއްބަސްވުންތަކުގެ ދަށުން ވީއައިއޭ ތަރައްގީކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް، އަދި ސިއްހީ ދާއިރާ ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ ލޯނެއް، ސައުދީ ޑިވެލޮޕްމެންޓުން ފަންޑުން ފޯރުކޮށްދޭނެއެވެ.
ސައުދީ ފަންޑް ފޯ ޑެވެލޮޕްމަންޓުގެ ސީއީއޯ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ މީގެކުރިން ފޯރުކޮށްދީފައިވާ އެހީއަށް އިތުރުކޮށްދޭ އެހީއެއްކަމަށެވެ.
އަދި ސިއްހީ ދާއިރާ ތަަރައްގީކުރުމަށް ދިން އެހީއަކީ ރަށްރަށުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފޯރުކޮށްދޭ އެހީއެއްކަމަށެވެ.




ގުޅުންހުރި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ