ހުއްޓިފައިވާ އަދި އަލަށް ފަށާ މަޝްރޫއު ތަކާއެކު 500 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ’ރައްޔިތުންނާ އެކު‘ ގެ ނަމުގައި ރައީސް މިއަދު ފެއްޓެވި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 550 އަށްވުރެ ގިނަ މަޝްރޫއު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.
”ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގުތިސާދު މެނޭޖުކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުންދާ ތަން.“ ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތަކާއި އައުޓްޑޯ ޖިމުތަކާއި، ފިޓްނަސް ސެންޓަރުތައް ގާއިމުކޮށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު އެ މަނިކުފާނު މިއަދު ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ރައީސް އެކަމަށް ވައުދުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާއެނބޫދޫއަށް ޒިޔާރަތްކުރައްވައި އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.

4 Comments
ގުޅުންހުރި
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ކުރުމެއް ނޯންނާނެ: ރައީސް
2027 ނިމުމުގެ ކުރިން ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު