އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ޑީސަލް ޓޭންކަރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު ނިޔާވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ އުމްރާވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ އެ ބަސް އެކްސިޑެންޓް ވެފައިވަނީ މައްކާ އިން މަދީނާއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ހާދިސާގައި މިހާތަނަށް 42 މީހަކު ނިޔާވެފައިވާ ކަމަށާއި އެކަކު ސަލާމަތްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބަހުގައި ދަތުރު ކުރަމުންދިޔައީ ހައިދަރްއާބާދަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، ކަށަވަރުނުވާ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި ނިޔާވި މީހުންގެ ތެރޭގައި 11 އަންހެނުންނާއި 10 ކުޑަކުދިން ހިމެނެ އެވެ.
ސައުދީގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ބަސް އެކްސިޑެންޓުވި އިރު، ބަހުން ދަތުރުކުރި މީހުން ތިބީ ނިދާފަ އެވެ. އެހެންވެ ސަލާމަތްވުމުގެ ފުރުސަތެއް ނުލިބެ އެވެ.




2 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
މާދަމާއަކީ މުލަ ރޯދަ ދުވަސް
ޖަރާސީމުން ތަގައްޔަރުވުމާ ގުޅިގެން ”ހޭންޑީ“ ފެން ބޭނުންނުކުރަން އަންގައިފި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި