l_2026_03_30_042245_s185ldcgfmb3we4pvktnj7xu2i9hy6raoqz_EN_

ކިންގްސްޓަންގެ ސައިކަލު ސްކޭމް: އެމްޑީއަށް 139 ދައުވާއެއް, ސާބިތުވެއްޖެނަމަ 133 އަހަރުގެ ޖަލު ހުކުމެއް

މ
28 ނޮވެމްބަރު 2026 11:551 މިނިޓުގެ ކިޔުން 142
Aa

އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ދ. ބަނޑިދޫ/ ޕޯލާގްރޭސް، އަހުމަދު އާތިފް ހަސަންގެ މައްޗަށް 139 ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އާތިފް މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް އުފުލާފައިވާއިރު، އެ މައްސަލަތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 133 އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. މިހާ ބޮޑު އަދަބެއް އޭނާ މައްޗަށް އަންނަނީ، ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކި ދައުވާއެއްގެ ގޮތުގައި ހުށަހަޅާފައިވާތީ އެވެ.

ޖަލު އަދަބުގެ އިތުރުން، އޮޅުވާލައިގެން އަތުލާފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ. އެގޮތުން، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ އާތިފްގެ އަތުން ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު