އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މުޅި މާލޭ ސިޓީގެ މެޖޯރިޓީ ކުރީގެ ރައީސް ނަޝީދު އާއި ފައްޔާޒު އިސްމާއިލްގެ "ބޮޑު ބަދަލު" ޓީމުން ބޮޑުތަނުން ކަށަވަރުކޮށްފި އެވެ.
ގައުމީ މަޖިލީހުގެ މާލޭ ދާއިރާއަށް 16 މެންބަރަކު އިންތިހާބު ކުރާއިރު, މިހާތަނަށް ލިބުނު ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ބޮޑު ބަދަލުގެ 11 މެންބަރަކު ވަނީ ގޮނޑިތައް ކަށަވަރުކުރައްވައިފަ އެވެ. އެއީ މާލެ ސިޓީގެ ގޮނޑިތަކުގެ 68 ޕަސެންޓެވެ.
މާލޭ ސިޓީއަށް ހޮވުނު ބޮޑު ބަދަލު ޓީމުގެ މެންބަރުން:
އީވާ އަބްދުﷲ
މާރިޔާ އަހުމަދު ދީދީ (މާރި)
އިމްތިޔާޒް ފަހުމީ (އިންތި)
ހަސަން ލަތީފް (ހަސަންކޮ)
ޒިދްނާ އަލިމަނިކު (ޒިދޫ)
އަލީ އާޒިމް
މުހައްމަދު ޒިޔާދު (ޒިޔައްޓޭ)
މުހައްމަދު ރަޝީދު (ބޯދިގު)
އަހުމަދު ހަލީމް (ދޮންބިލެތް)
އިބްރާހިމް މުއިއްޒު
މުހައްމަދު ރިލްވާން އަލީ (ރިލޭ)
މާލެ ސިޓީގެ ގޮނޑިތައް ދެން ކާމިޔާބު ކުރައްވާނެކަން ކަށަވަރުކޮށްފައިވާ މެންބަރުންނަކީ އަހުމަދު މައިމޫން, އިފްހާމް ހުސެއިން, އައިޝަތު ހަނާ, ހުސެއިން އަމްރު މުހައްމަރު ރަޝާދު އަދި އިބްރާހިމް ލަބާން ޝަރީފެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން "ބޮޑު ބަދަލަށް" ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ހާމަވެއްޖެ ކަމަށެވެ.
"މި އިންތިހާބުގައި ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވަން. މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް،" އޭނާ ވިދާޅުވި އެވެ.











ކޮމެންޓް