ވ. ތިނަދޫ ކައުންސިލަށް އިންތިހާބުވި އަލީ ޝުޖާއު
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކޮށް, އަލީ ޝުޖާއު ކާމިޔާބުކޮށްފި އެވެ.
ވ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސަކީ ޝުޖާއު އެވެ. އޭނާ އެ މަގާމަށް ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ.
ނަމަވެސް އެ ގޮނޑި އޭނާއަށް ގެއްލުނީ ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން, މަގާމަށް އިންތިހާބުވި ދަ ޑިމޮކްރެޓްސް އިން ވަކިވެ, އެމްޑީޕީއާ ގުޅުމުން އޭނާ އެ މަގާމުން ވަކިވެފައިވާ ކަމަށް 30 ޖޫން 2026 ގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމުންނެވެ.
އެގޮތަށް އެލްޖީއޭ އިން ނިންމީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު, އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާތީ އެވެ.
އެ ގޮނޑި ޝުޖާއު ދިފާއުކުރީ ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ފަރާތުން ވާދަކުރި އަހުމަދު އަމަން މުހައްމަދުއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އެގޮތުން ޝުޖާއުއަށް 90 ވޯޓު ލިބުނު އިރު, އަމަންއަށް ލިބުނީ 46 ވޯޓެވެ.











ކޮމެންޓް