މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ)ގެ ތިން ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީއަށް އެއް ގޮނޑި އަދި އަނެއް ދެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ހޯދައިފި އެވެ.
އ.ތ.މ.ކގެ ބައި އިލެކްޝަން މިއަދު ބޭއްވީ ހއ. ވަށަފަރާއި ވ. ތިނަދޫ އަދި އައްޑޫ ހުޅުދޫގެ ގޮނޑިއަށް މެންބަރުން ހޮވުމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން, ޕީއެންސީއަށް ލިބުނީ އައްޑޫ ހުޅުދޫ އ.ތ.މ.ކގެ މެންބަރުގެ ގޮނޑި އެވެ. އެ ގޮނޑި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ފާތިމަތު ނަބާހާ (ނައްބޫ) ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި ފާތިމަތު މުނީރު ބަލިކޮށްގެންނެވެ.
އަނެއް ދެ ބައި އިލެކްޝަންގެ ތެރެއިން ވަށަފަރު އ.ތ.މ.ކގެ ރައީސްގެ ގޮނޑި އަމިއްލަގޮތުން ވާދަކުރި ރިޝްމާ އާދަމް ކާމިޔާބު ކުރީ ޕީއެންސީން ވާދަކުރި ޒައިނާޒް އަހުމަދު ބަލިކޮށްފަ އެވެ. އަދި ވ. ތިނަދޫ އ.ތ.މ.ކގެ މެންބަރުގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރި ޒީނާ އަހުމަދު ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި ރިސްފާ ނަސީމް ބަލިކޮށްފަ އެވެ.











ކޮމެންޓް