އޮކްޓޯބަރ 6, 2024

މަޖިލިސް އިންތިޚާބު – ފޯމު ހުށަހަޅަން ބާކީ 4ދުވަސް ، މިހާތަނަށް ފޯމް ހުށަހެޅީ 18 ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅަން ބާކީ ހަތަރު ދުވަހަށް ވެފައި ވާއިރު، މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހެޅީ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ ހަތަރު ދުވަސް ކަމަށާއި، އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ކަމުގައި އީސީން ނިންމީ މާޗް 17އެވެ. ނަމަވެސް އެ ދުވަސް ރަމަޟާން މަހާ ދިމާވާތީ ރައްޔިތުންގެ މަޖިލީހުން ވަނީ ރަމަޟާން މަަސް ނިމުމަށް ފަހު ދިހަ ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައެވެ. އެހެންނަމަވެސް އިންތިޚާބު ބައްވާނެ ވަކި ތާރީޚެއް އަދި އިލެކްޝަން ކޮމިޝަނުން ކަނޑައެއް ނާޅައެވެ.

މިކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ، މަޖިލިސް އިންތިޚާބު އޮންނަ ދުވަސް ބަދަލުވި ކަމުގައި ވީނަމަ ވެސް، ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ބަދަލު ނުކުރާނެ ކަމަށެވެ.

Leave a Reply