ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކާޑު ހިދުމަތް މެދުކެނޑިއްޖެ އެވެ.
ބީއެމްއެލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ބޭންކުގެ ކާޑުގެ ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ.
”ޕޭމަންޓު ގޭޓްވޭ ތަކުގައި ބޭނުންކުރާ ކާޑުތަކާއި ޕީއޯއެސް މެޝިންތަކާއި އޭޓީއެމް ކާޑުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައި،“ ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ، ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.



