ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައިވަނީ ސައުތް ޕޮލިސް (ގއ. ގދ. ޏ. ސ) ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެޕްރީލް 14 ގައި ކަމަށް ފުލުހުން ބުންޏެވެ.
”މި މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި. އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 12 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި“ ފުލުހުން ބުންޏެވެ.
ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވާތީ ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި
ފުލުހުންގެ އިންޒާރު: މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނަން، ލިބޭނީ ދެ
ސަލާމަތީ ދެ ބާރުގެ ވެރިން ބައްދަލު ކުރައްވައިފި، ރައްކާތެރިކަން ކަށަވަރުމަށް މަޝްވަރާ
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ހަފުތާއެއް ތެރޭ ސްކޭމްތަކުން 673،000 ރ. ފޭރިއްޖެ، ފުލުހުންނަށް ހޯދުނީ އޭގެ