ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުންނަކީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެންބަރުންނެވެ. އެ މީހުންގެ ޕާސްޕޯޓް ހިފަހަައްޓަން އަމުރަކަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންވެސް އެނގިފައިވެ އެވެ. އަކުރަމްގެ އިތުރުން ދެން ޕާސްޕޯޓް ހިފަހައްޓަން ނިންމި މީހުންނަކީ:
- ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
- ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް
- ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދު (ނާމު)
އޭސީސީން އެދިގެން މި ހަތަރު މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެ ހަތަރު މީހުންގ ގެތައް ވަނީ ބަލައިފާސްކޮށްފަ އެވެ. އެއީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުވަތަ ދައުވާއެއް ކުރުމަށް އޭސީސީން އޭރު ނިންމާފައެއް ނުވެ އެވެ.
ދެ މަސް ދުވަހަށްވުރެ ދިގު ތަހުގީގަކަށްފަހު އޭސީސީން އޭރު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނު ކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

6 Comments
ގުޅުންހުރި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
ސަޓާ 2025ގެ އިވެލުއޭޝަން ނޭޕާލްގައި ފަށައިފި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު