India police - 2026-11-28T221903.839

ވަށަފަރުން ޕީއެންސީއަށް ލިބުނު ނާކާމިޔާބީ އާއެކު ރައީސްގެ ބޭބޭފުޅު އިގްބާލު ސަރުކާރުން ވަކިކޮށްފި

މ
28 ނޮވެމްބަރު 2026 22:191 މިނިޓުގެ ކިޔުން 86
Aa

މުލީއާގެ ޗީފް އޮފް ސްޓާފް އިގްބާލް އާދަމް މަގާމުން މިއަދު ވަކިކޮށްފި އެވެ.

އިގްބާލް ވަނީ އެކަން 'ހަފްތާ' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.

އިގްބާލް ސަރުކާރުން ވަކިކުރި އިރު، މިއަދު ބޭއްވި ހއ. ވަށަފަރުގެ އ.ތ.މ.ކގެ ރައީސްގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރި ޒައިނާޒް އަހުމަދަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަގޮތުން ވާދަކުރި ރިޝްމާ އާދަމް އެވެ. އެއާއެކު ވަށަފަރުގެ އ.ތ.މ.ކގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ވަނީ ގެއްލިފަ އެވެ.

އެ ގޮނޑި ސަރުކާރުން ގެއްލިފައި މިވަނީ އެ ގޮނޑި ހޯދަން ޕީއެންސީން ބޮޑު ކެމްޕެއިނެއްވެސް ކޮށްފައި ވަނިކޮށެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ރަށަށް ވަޑައިގެންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.