އެހެން ސިޔާސީ ޕާޓީއަކުން ވާދަނުކުރުމުން ކައުންސިލްތަކުގެ ބައެއް ގޮނޑިތައް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިއްޖެ އެވެ.
އެހެން ބޭފުޅަކު ވާދަނުކުރެއްވުމުން ޕީއެންސީއަށް ލިބުނު ކައުންސިލްގެ ގޮނޑިތަކަކީ:
- ކ. އަތޮޅު ކައުންސިލް ރައީސް – އަހުމަދު އަނީސް، އޮޅުވެލި ކ. ތުލުސްދޫ
- ށ. މަރޮށި ކައުންސިލް މެންބަރު – ހުސައިން ނާޒިމް، ފަޒާ ށ. މަރޮށި
- ގދ. ފަރެސްމާތޮޑާ ކައުންސިލް މެންބަރު – ހަސަން އާސިމް، ފަރެސްއަވަށް ކޯނާ، ގދ. ފަރެސްމާތޮޑާ
ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނިމާލް އިސްތިއުފާ ދެއްވީ ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ދަތިވާ ކަމަށް ވިދާޅުވެ އެވެ.
މި ގޮނޑިތަކަށް ޕީއެންސީން އެކަނި ކުރިމަތިލިޔަސް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި އެހެން ޕާޓީތަކުން ވާދަކުރި އެވެ. އެގޮތުން ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރު ބަލިކޮށް މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!