ރާއްޖޭގައި އޮޕަރޭޓް ކުރަމުންދިޔަ ފަސް ޑްރަގް ކާޓަލެއް ބަންދުކުކޮށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސާސާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ، ފަސް ކާޓަލްގެ ތެރެއިން ދެ ކާޓަލް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގަކީ 104.5 މިލިއަން ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 3،686 މީހުން ބަލައި ފާސްކޮށް، 260 ދިވެހިން އަދި 16 ބިދޭސީން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ހުރި 61 ދިވެހިންނާއި 55 ބިދޭސީންވެސް މިއަހަރުގެ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 257 މައްސަލައެއް ތަހުގީގުކޮށް 95 މައްސަލައެއް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.




ގުޅުންހުރި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން