ފެބްރުއަރީ 22, 2025

55 ރަށުގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އޭޕްރީލް މަހުގައި ފަށަނީ

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް ހެދުމުގެ މަސައްކަތް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފު ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ހެކްސްޓަ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ. އާދަމް ޝަރީފު ބުނީ މިމަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.

”އެ ބޭފުޅުން ވެސް މި އަހަރުގެ މެދު ތެރޭގައި ލަސްވެގެން މަސައްކަތް ފެށޭނެ ކަމަށް ވަނީ އަންގާފައި.“ އާދަމް ޝަރީފު ވިދާޅުވި އެވެ.

”އެ ބޭފުޅުން އަމިއްލައަށް އިހްތިޔާރުކުރީ ދިވެއްސަކު ދިވެހިރާއްޖޭގައި ކުންފުންޏެއް އެބަ އޮންނަންޖެހެއޭ. އެގޮތުން އަޅުގަނޑުމެންނާ އެކު މަޝްވަރާ ކުރެވި ހެކްސްޓާ ގްލޯބަލުން އެންގީ މަންދޫބަކު ކަނޑައަޅުއްވާނެ ކަމަށް. އެ ބޭފުޅަކީ އެ ދުވަހު ސޮއި ކުރެއްވި ބޭފުޅަކީ. އެބޭފުޅާއަކީ އެހެން ކުންފުންޏެއްގެ ބޭފުޅަކަށް ވިޔަސް ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އަޅުގަނޑުމެންނަށް ހެކްސްޓާ ގްލޯބަލްގެ ޕަވާ އޮފް އެޓާނީއާ ހުރިހާ އެއްޗެއް ލިބުނީމަ،“

އާދަމް ޝަރީފު ވިދާޅުވޯީ 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށް ކަމަށެވެ. އެ މަޝްރޫއުގެ ތަވާލާ އެއްގޮތަށް ހިނގައްޖެ ނަމަ، ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.