އޮކްޓޯބަރ 30, 2025

ރައުދުއަށް ދައުވާކޮށްފި، އަދަބަކީ އެންމެ މަހެއް

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ޖެހިގެން ހުރި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ރައުދުއަށް ދައުވާ ކުރަން ކޯޓަށް ހުށަހެޅީ 4 ޖޫން 2025 ގައި ކަމަށެވެ.

އޭނާއަށް ދައުލަތުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ރައުދުއަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް މައްސަލައިގެ ބަންދުގައި ރައުދު މަހަކަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރުމުން އެ ހުކުމް ތަންފީޒު ނުކޮށް އޭނާ މިނިވަންވާނެ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ރައުދުއަށް އެ ދައުވާ ކުރީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު އެންމެ ފުރަތަމަ ހައްޔަރު ކުރީ އޭޕްރީލް މަހުގެ 24ވަނަ ދުވަހު އެވެ.

2 Comments

  • Waldo Mohamed ޖޫން 10, 2025

    raudhuge kibain dhivehi rayyithun maafah edhen jehey
    adhi raudhu ah libunu gehlumuge badhalu dheyn jehey
    ithuru efadha kankan kurumakee alhugandhumen enme edheygoi
    shukuriyya raud

    • Farishath Fathimath ޖޫން 10, 2025

      Waldo Mohamed namakah adhabu ves.

Leave a Reply