ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގާމަށް އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.
މި ބަދަލު ގެނެސްފައިވާއިރު، މުޒްނާ ކުރިން ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ސްޓެލްކޯ ބޯޑަށް މި ބަދަލު ގެނައިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއުލާނުކޮށްފައިވާއިރު، މި ގޮތަށް ނިންމި ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.
މިއީ ސްޓެލްކޯގެ މެނޭޖްމަންޓަށް ސަރުކާރުން ފަހަކަށް އައިސް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
މީގެ ކުރިންވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އަހުމަދު ޝަމާހު ރަޝީދު އައްޔަންކުރި އެވެ.
އެބަދަލު ގެނައީ ކީއްވެކަމެއްވެސް ޕީސީބީން ހާމައެއް ނުކުރެއެވެ.



