”މޯލްޑިވްސް 2.0“ ގެ ދަށުން ގއ. ކޫއްޑޫގައި ހުންނަ މަސްކިރާ ކައްޓާ ވެސް ޑިޖިޓަލްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކައްޓާގެ ޝަކުވާ މަސްވެރިން ކޮށްފައިވާ ކަމަށެވެ.
މަސްވެރިންގެ ޝަކުވާއަކީ ކޫއްޑޫގައި ހުންނަ ކައްޓާއިން މަސްކިރާއިރު މަސްކޮޅުގެ ދެބައިކުޅަށް އެއްބައިން އަގު ގެއްލޭ ކަމަށްބުނެ ކަމަށާއި އެކަމަށް ހައްލު ހޯއްވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކުރުމުގެ ޕްރޮގްރާމު، މޯލްޑިވްސް 2.0 ގެ ދަށުން ކައްޓާ ޑިޖިޓަލްކުރައްވާނެ ކަމަށާއި އަންނަ މަހުގެ 10 ގެ ކުރިން ކައްޓާ ޑިޖިޓަލްކޮށްދެއްވާނެކަމުގެ ޔަގީންކަން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ދެއްވާފައިވާ ކަމަށެވެ.
މަސްވެރިންނަށް މިހާރު ވެސް ގަވާއިދުން ފައިސާދީ، އެސްޓީއޯ ރޭޓުގައި އެކި ސަރަހައްދުތަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތާއި ކޫއްޑޫ ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
އިމްރާން، ރައީސަށް: ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ވިސްނައިދިނުމަކީ ނުރައްކަލެއް
ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން
އަންނަ ރޯދަ މަހުގެ ކުރިންވެސް 4,000 ފްލެޓްތަކަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް!؟
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް
އަންނަ އަހަރުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ:
ކުރިއަށްއޮތީ މާ ފާގަތި ތިން އަހަރު، ގައުމު ހަމަމަގަށް އަޅުވައިފި: ނައިބު