ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު 18:42 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.



