ހުޅުމާލެ ފޭސް 2ގެ އަމާން އުދަރެސް ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ އަމާން އުދަރެސް 8 ޓަވަރުގެ 15 ވަނަ ބުރިން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
’ހަފްތާ‘ އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ވެއްޓުނު މީހާގެ ބޯ އޮތީ ޗިސްވެފަ އެވެ.


