ފޮޓޯ: އިމިގްރޭޝަން

ޑީޕޯޓުކޮށްލި މީހަކު އެތެރެކުރި މައްސަލާގައި އިމިގްރޭޝަންގެ އޮފިސަރަކު ހައްޔަރުކޮށްފި

މ
29 ނޮވެމްބަރު 2026 15:151 މިނިޓުގެ ކިޔުން 67
Aa

ރަށު މާރުކޭޓުގައި މަސައްކަތްކުރާ ބިދޭސީއަކާ އިމިގްރޭޝަންގެ އޮފިސަރަކު ސުވާލުކުރަނީ

ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ މީހަކު އެތެރެކުރި މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް މިއަދު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިސަރު ހައްޔަރުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި އޭނާގެ ވަނަވަރެއް ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އޭނާ ހައްޔަރުކުރީ ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ މީހަކު އެތެރެކުރި މައްސަލައިގައިކަން "ވަން"އަށް ކަށަވަރުވީ ނަމަވެސް، މިކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ ރަސްމީ ބަހެއް ލިބިފައެއް ނުވާތީ އިތުރު ތަފްސީލު ލިބިފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.