ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނަކު ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާ އިތުރު ފަރުވާ އަށް ތ. ވޭމަންޑޫ ގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗުގައި ރޯވި އަލިފާން ނިއްވާލި އިރު ލޯންޗުގެ ބޮޑުބައެއް ވަނީ އަނދައިފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.











ކޮމެންޓް